ވަތަނިއްޔާގެ ކަސްްޓަމަރުން ރާއްޖެ އިން ބޭރަށް ކުރާ ކޯލްތަކަށް 350،000ރ.ގެ އަގުހުރި ފައިސާގެ އިނާމު ލިބޭ ޕްރޮޕޯޝަނެއް ވަތަނިއްޔާ އިން ފަށައިފި އެވެ.

ވަތަނިއްޔާ އިން ބުނީ "އައިޑީޑީ ކޯލް އެންޑް ވިން"ގެ ނަމުގައި ވަތަނިއްޔާ އިން ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ކަސްޓަމަރުން ރާއްޖެ އިން ބޭރަށް ކުރާ ކޯލްތަކަށް 100ރ. ހޭދަ ކުރުމުން، ހަފްތާ އަކު އެއް ފަހަރު ނަގާ ގުރުގައި، އައިފޯން، 5، އަދި ކޮންމެވެސް ގައުމަކަށް ދެކޮޅު އެއާޓިކެޓް އަދި 2000ރ. އަގު ހުރި އިނާމްތައް ލިބޭނެ ކަމަށެވެ.

އަންނަ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 600ރ. ހަރަދުކޮށްގެން ހަތް ފަރާތަކަށް 50،000ރ.ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.