12 Nov 2012, 10:54
ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އަކީ ޓެކްނިކަލް ގޮތުން ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް ކުރީގެ ނެދަލޭންޑްސް ތަރި ރޫޑް ގުލިޓް ބުނެފި އެވެ.
ނެދަލޭންޑްސް ގައުމީ ޓީމަށް ޖަރުމަން ޓީމުން ކުޅުންތެރިއެއް ނަގާ ނަމަ، ގުލިޓް ނަގާނީ ކޮން ކުޅުންތެރިއެއް ކަމަށް ޖަރުމަން ނޫހަކުން ކުރި އިންޓަވިއެއްގައި އޭނާ ބުނީ ނަގާނީ އޮޒިލް ކަމަށެވެ. ނެދަލޭންޑްސް ގައުމީ ޓީމަށް ބޭނުންވާ ހުރިހާ ހުނަރުތަކެއް އިޒޮލްގެ ކިބާގައި އެބަހުރި ކަމަށް ގުލިޓް ބުންޏެވެ.
"މިވަގުތު އެކުޅުންތެރިޔަކީ އޮޒިލް. އަހަރެމެން އޭނާ ބޭނުން. އޮޒިލް އަކީ ޓެކްނިކަލް ގޮތުން ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއަކީ ވިސްނުން ތޫނު، އަދި ބޯޅަ ކޮންޓްރޯލް ކުރަން މޮޅު ކުޅުންތެރިއެއް. އޭނާއަކީ ޖަރުމަން ގައުމީ ޓީމްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ." ގުލިޓް ބުންޏެވެ.
އޮޒިލްވަނީ ޖަރުމަން ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިއަކަށްވެފަ އެވެ. ނަމަވެސް މެޑްރިޑް ޓީމްގައި ބްރެޒިލްގެ މިޑްފީލްޑަރު ކަކާ އަދި ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ ސަބަބުން ފުރަތަމަ އެގާރައިގެ ޖާގައަކަށް ކެނޑި ނޭޅި އޮޒިލްއަށް ވަނީ މަސައްކަތް ކުރަން ޖެހިފަ އެވެ.