11 Nov 2012, 02:23
ބްރެޒިލްގެ ތަރި ފީފާއިން ހޮވާނެ ކަމަށް އޭނާ އަށް ފެންނަ ހުސްވި ސީޒަނުގެ ޓްރީމް ޓީމު އިއުލާނުކޮށްފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޑްރީމް ޓީމުން ބްރެޒިލްގެ ތިން ކުޅުންތެރިއަކަށް ޖާގަ ދިނެވެ.
އޭނާގެ އެއްވަނަ ކީޕަރަކީ ރެއާލް މެޑްރިޑުގެ ކެޕްޓަން އިކާ ކަސިޔާސް އެވެ. ޑިފެންޑަރުންނަކީ ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވެޒް އާއި ރެއާލްގެ ސްޕޭން ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިންގްލޭންޑްގެ ޗެލްސީގެ ޖޯން ޓެރީ އަދި ރެއާލް ބްރެޒިލް ކުޅުންތެރިޔާ މާސެލޯ އެވެ.
މިޑްފީލްޑަރުންނަކީ ބާސެލޯނާގެ ސްޕޭން ދެ ކުޅުންތެރިން ކަމަށްވާ ޒަވީ އާއި އިނިއެސްޓާ އަދި ޗެލްސީގެ ފްރޭންކް ލަމްޕާޑެވެ. ފޯވަޑުންނަކީ ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ އާއި ރެއާލްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސަންޓޯސްގެ ބްރެޒިލް ފޯވަޑް ނޭމާ އެވެ.
މި ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ ވޯޓުދޭނީ މެސީ އަށެވެ.