11 Nov 2012, 00:11
ޒީރޯ ޑިގްރީގެ އެއް ފައުންޑާ އަހުމަދު ނަޝީދު، ރާއްޖޭގެ މިއަދުގެ މުޖުތަމައުގެ ހާލަތަށް ބަލައިގެން ކިޔާފައިވާ ލަވަތައް ހިމެނޭ ސޯލޯ އަލްބަމް "ދރ" (ދާލު ރާ) މިރޭ ބާޒާރަށް ނެރެފި އެވެ.
އަސާސީ ރިކޯޑްގެ ފައުންޑާ އަބްދުﷲ ކަލީމާއެކު ދެ އަހަރު ދުވަހު ކުރި މަސައްކަތައް ފަހު، ދރ ބާޒާރަށް ނެރުނީ މިރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓީވީއެމްއިން ލައިވްކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ދރ އަލްބަމްގައި ހިމެނޭ 11 ލަވަ އަހުމަދު ސިފަކުރީ ރާއްޖޭގެ މިއަދުގެ ހާލަތު "ވަށް ބަހުން" އަންގައިދޭނެ މޮޅު ލަވަތަކެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ސިޔާސީ އޮއިވަރާއި ކޮރަޕްޝަނާއި މަސްތުވާތަކެތީގައި ޒުވާނުން ދެވިހިފުމުން އާންމުވާ ކުށްތަކަށް އިޝާރާތްކޮށް އަހުމަދު ބުނީ އަލްބަމްގެ ޅެން ވެރިކަމަކީ އިހުގެ ޅެންވެރިކަން ކަމަށެވެ. އަދި އެ ޅެންވެތަކަކީ މިހާރުގެ ޒަމާނަށް "ހެޔޮވަރު" ވާނެ ޅެންތަކެއް ކަމަށެވެ. އަލްބަމްގައި ހިމެނޭ 11 ލަވަޔަކީ ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން ހޮވާލައިގެން މިހާރަށް ފެތޭ ގޮތަށް ކިޔާފައިވާ ލަވަތަކެއް ކަމަށް އަހުމަދު ބުންޏެވެ.
ވަކަރުގޭ ސްޓޫޑިއޯގައި ލައިވްކޮށް ރިކޯޑްކޮށްފައިވާ ރާގުތައް ހިމެނޭ އަލްބަމްގެ މިއުޒިކް ބިނާވެފައި ވަނީ އިހުގެ ބޮޑުބެރާއި ރައިވަރާއި ފަރިހި އަސްލަކަށް ބަލައިގެންނެވެ. އަދި ޒަމާނީ ބޮޑުބެރާއެކު "ރޮކް" ލަވަތަކެއް ވެސް މި އަލްބަމްގައި ހިމެނެ އެވެ.
އަލްބަމަށް ޅެން ހައްދަވާފައި ވަނީ މަރްހޫމް މުހައްމަދު ރަޝީދާއި އާދަމް ނަސީރުގެ އިތުރުން އަހުމަދު އަންހެނުން މޫއުމިނާ އެވެ.
ދރ. އަލްބަމްގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި އާންމުކޮށްފައިވާ ކޮރަޕްޝަނަށް އަމާޒުކޮށް ހަދާފައިވާ "ބަކަރި" ލަވަޔެވެ. އެ ލަވައިގެ ޅެން ހެއްދެވީ ޒީރޯ ޑިގްރީގެ އެއް ފައުންޑާ ނާޝިދުގެ ބައްޕަ އަލް މަރުހޫމް މުހައްމަދު ރަޝީދެވެ.
http://www.youtube.com/watch?v=mhXg849aAXk