17 Sep 2010, 11:32
ހއ. އަތޮޅު ދިއްދޫން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ އިންޖީނު ރޭ ހުއްޓިފައި ވަނިކޮށް ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައި ވަނީ ހއ. ދިއްދޫ "މީރާޒް" ބޯޓް އިންޖީނު ހުއްޓުނީ މާލެ އަތޮޅު ކާށިދުއާ ތިން މޭލު ބޭރުން ކަމަށާއި ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނީ ޅ. މަޑިވަރުގައި ތިބޭ ސިފައިން މެދުވެރިކޮށް ކަމަށެވެ.
ކޯސްޓް ގާޑުން ބުނީ ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން އެ ބޯޓުގެ ސީ ވޯޓާ ޕަންޕުން ބެލްޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި ސިފައިން ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިން އިރު ބެލްޓެއް ވެސް ގެންގޮސްދީފައި ވާނެ ކަމަށެވެ.