ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބް ތިން ސެޓް ދެ ސެޓުން ބަލިކޮށް މި އަހަރުގެ ގައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އެސްޓީއޯ ރިކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތައް ބަލާ އިރު، މެޗުގެ ފުރަތަމަ ސެޓް 25-19 އިން ކާމިޔާބު ކުރީ އެސްޓީއޯއިންނެވެ. ދެ ވަނަ ސެޓް ވެސް އެސްޓީއޯ އިން 25-17 އިން ކާމިޔާބު ކުރި އިރު، ތިން ވަނަ ސެޓް 31-29 ޕޮއިންޓުން ކާމިޔާބު ކުރީ ސިފައިންނެވެ. އަދި ހަތަރު ވަނަ ސެޓް ވެސް ސިފައިން ކާމިޔާބު ކުރީ 25-19 އިންނެވެ. އެގޮތުންގެ މަތިން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓް އެސްޓީއޯ އިން ކާމިޔާބު ކުކުރީ 15-9 އިންނެވެ.

މެޗަށް ފަހު މުބާރާތުން އެކިއެކި ވަނަތައް ހާސިލް ކުރި ކުޅުންތެރިން ހޮވި އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެސްޓީއޯގެ ޖަނިތެވެ. އަދި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ އަހުމަދު އަނިލް ނަސީރެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ.