ވިކްޓަރީ އަށް ހުސްވި ދެ އަހަރު ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) ބީޖީ އަށް ބަދަލުވެއްޖެ އެވެ.

އަންނަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބީޖީ އަށް ސައްޕޭ ބަދަލުވި އެންމެ ބޮޑު އެއް ސަބަބަކީ ވިކްޓަރީގައި ފުރަތަމަ 11ގެ ފުރުސަތު ނުލިބުމެވެ. އޭގެ އިތުރުން ބީޖީގެ އޮފާ ރަނގަޅު ކަމަށް ވެސް އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.

ސައްޕޭ އަކީ މި އަހަރު ވިކްޓަރީ ދޫކޮށްދިޔަކަން ކަށަވަރުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން މުހައްމަދު އުމޭރާއި ރިލްވާން ވަހީދު (ކަކާ) ނިއު އަށް އަދި ކީޕަރު މުހައްމަދު ފައިސަލް ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.

ބީޖީގެ ރައީސް އަލީ މުރާދު (ބީޖީ އައްޔަ) މިއަދު ބުނީ ސައްޕޭގެ އިތުރުން އެހެން ކުޅުންތެރިންނާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ކުލަބުގައި މި އަހަރު ތިބި ގިނަ ކުޅުންތެރިން ކޮންޓްރެކްޓް އާކޮށްފައިވާ ކަމަށެވެ.

ވެލެންސިއާއިން ކުޅެން ފަށައި ސައްޕޭ ވަނީ ވިކްޓަރީގެ އިތުރުން ވީބީ އަށް ވެސް ކުޅެފަ އެވެ.