10 Nov 2012, 03:38
ފިފްޕްރޯ އަކީ ހުރިހާ ކުޅުންތެރިންގެ ޖަމާއަތެއްނޫން ކަމަށް ބަލައި ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ވަކި ހާއްސަ ޖަމާއަތެއް ހަދަން މަސައްކަތް ފަށައިފި އެވެ.
ކަޅު ނަސްލުގެ ލޯޔަރުންތަކެއް ފަށާފައިވާ މި މަސައްކަތާމެދު ފިފްޕްރޯއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ ޖަމާއަތުން ބުނީ 1992 ވަނަ އަހަރު ފިފްޕްރޯ އުފެއްދުމުގެ ބޭނުމަކީ ވެސް ހުރިހާ ކުޅުންތެރިންގެ ހިމާޔަތަށް މަސައްކަތް ކުރުން ކަމަށާއި ކަޅު ނަސްލުގެ ކުޅުންތެރިންނަށް ވަކި ހާއްސަ ޖަމާއަތެއް ހެދުމަކީ ނަސްލީ ތަފާތުކުރުން ހުއްޓުވަން ހިންގާ އެންޓި ރެސިޒަމް ކެމްޕޭން ފޭލްކޮށްލުން ކަހަލަ ކަމެއް ކަމަށެވެ.
އަދި ފިފްޕްރޯ އަކީ 60000 ކުޅުންތެރިން ހިމެނޭ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުން ކަޅު ނަސްލުގެ ކުޅުންތެރިއަކާމެދު ދެރަ ނަޒަރަކުން ބަލާފައިނުވާނެ ކަމަށެވެ. މިއާއެކު ވެސް އެޖަމާއަތުން ބުނީ ކަޅު ނަސްލުގެ ކުޅުންތެރިންގެ ޖަމާއަތެއް ހެދި ނަމަވެސް ފިފްޕްރޯ އުވިގެން ނުދާނެ ކަމަށެވެ.ން
ކަޅުނަސްލުގެ ލޯޔަރުން ވަކި ޖަމާއަތެއް ހަދަން ނިންމީ އެނަސްލުގެ ކުޅުންތެރިންނާ ދަނޑުމަތީގައި ދިމާކުރުމުގެ މައްސަލަ އަށް ނިމުމެއް ނައިސް ފަހަކަށް އައިސް އެކަންތައް މާބޮޑަށް އިތުރުވާން ފެށުމުންނެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އަށް ކުޅޭ އިޓަލީގެ ކަޅު ނަސްލުން ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނު މާރިއޯ ބަލެޓޮލީ ފަދަ ކުޅުންތެރިން ބުނަނީ މި މައްސަލަށް ހައްލު ނާންނާނެ ކަމަށެވެ.