08 Nov 2012, 10:03
ގައުމީ 10 ވަނަ ބޯލް ޗެމްޕިއަންޝިޕް މިމަހުގެ 20 ވަނަ ދުވަހު ބާއްވަން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މިހަރު ވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތް މިފަހަރު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ 32 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޑަބަލް އެލިމިނޭޝަން އުޞޫލުންނެވެ.
ބިލި އާށް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން 16 ކުޅުންތެރިންނަކީ ގައުމީ ރޭންގިންގައި އެންމެ މޮޅު 16 ކުޅުންތެރިން ކަމަށެވެ. އަދި ބާކީ 16 ކުޅުންތެރިން ހޮވާނީ ކޮލިފައިން ރައުންޑް ކުޅެގެން ނެވެ.
ބިލިއާޑް އެސޯސިއޭޝަނުން ބުނީ، ކޮލިފައިން ރައުންޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހަށް ބަހާލައިގެން ކަމަށާއި އެގޮތުން ކޮންމެ ދުވަހަކު ވެސް މުބާރާތައް ކޮލިފައި ވާނީ އެ ދުވަހެއްގައި ބައިވެރިވާ ކުޅުންތެރިންގެ މެދުގައި ކުޅެވޭ އެއް ދުވަހުގެ މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން ކަމަށެވެ. އަދި ފުރަތަމަ ދުވަހު ކޮލިފައިނުވާ ކުޅުންތެރިނަށް ޖެހިގެން އަންނަ ދުވަހު ބައިވެރި ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކޮލިފައިން ރައުންޑްތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގަ އެވެ.