07 Nov 2012, 15:10
ކްލަބް ވެލެންސިއާއިން ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކު ލައްވައި ސޮއި ކުރުވައިފި އެވެ.
ނަމަވެސް އެ ކުލަބުން މިއަދު ބުނީ އެއީ ކޮން ތިން ކުޅުންތެރިއެއްކަން މީޑިއާ އަށް ހާމަ ކުރާނީ މާދަމާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބާއްވާ ހަފުލާއެއްގައި ކަމަށެވެ.
އަންނަ އަހަރަށް ވެލެންސިއާއިން ވަނީ ކުރީގެ ގައުމީ ކެޕްޓަން އައްސަދުއަބުދުލްގަނީ އާއި ވިކްޓަރީގެ ކީޕަރު މުހައްމަދު ފައިސަލް އާއި ނިއުގެ ރިޒާވް ކީޕަރު ލަބާން އާއި ގައުމީ ޓީމުގެ ކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ކީޕަރު ޓްރޭނަރަކަށް ގެންގޮސްފަ އެވެ.