07 Nov 2012, 12:44
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ނުވަ ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ބިލްޑަރަކު ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ ދެ ބިލްޑަރުންނަކީ މީގެ ކުރިން ރާއްޖޭގެ މިސްޓަ މޯލްޑިސްގެ މަގާމް ޖެހި ޖެހިގެން ހޯދި ކަސްޓަމްސްގެ އާދިލް މުހައްދަމާއި 2008 ވަނަ އަހަރު މިސްޓާ މޯލްޑިވްސްގެ މަގާމް ހޯދި އެމްއެންޑީއެފްގެ މަހުމޫދު ޒިޔާދެވެ.
އާދިލް އާއި ޒިޔާދުގެ އިތުރުން މިފަހަރުގެ މުބާރާތުގައި ރާއްޖެ އިން ވާދަކުރި އަނެއް ތިން ބިލްޑަރުންނަކީ
2007 ވަނަ އަހަރު ރާއްޖޭގެ މިސްޓާ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ރަޗޭ) އާއި 2006 ވަނަ އަހަރު މިސްޓާ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް އަދި ގިޔާސް އިބްރާހީމް އެވެ.
މުބާރާތުގައި ރާއްޖެ އިން ވާދަކުރި، ފަސް ބޮޑީ ބިލްޑަރުން ވެސް ވާދަކޮށްފައި ވަނީ ތަފާތު ފަސް ކެޓަގަރީއެއްގަ އެވެ.