07 Nov 2012, 09:33
އެމެރިކާގެ ރިޔާސީ އިންތިހާބު މިހާރުގެ ވެސް ރައީސް ބަރަކް އޮބާމާ ކާމިޔާބު ކުރައްވައިފި ކަމަށް ބީބީސީ ބުނެފި އެވެ.
އެ އެޖެންސީން ބުނީ އޮބާމާ އިންތިހާބުގައި ކުރި ހޯއްދެވީ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން 275 އިލެކްޓޯރަލް ވޯޓް ހޯއްދަވައިގެންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަަށް ބޭނުން ވަނީ 270 އިލެކްޓްރަލް ކޮލެޖު ވޯޓެވެ.
އަންނަ ޖެނުއަރީ މަހު 20 އިން ފެއްޓިގެން ކުރިއަށް އޮންނަ ހަތަރު އަހަރަށް، އެމެރިކާރެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އޮބާމާއާ ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ އަށް ލިބިވަޑައިގެންނެވީ 203 އިލެކްޓޯރަލް ވޯޓެވެ. އަދިވެސް އިތުރު ސްޓޭޓްތަކުގެ ނަތީޖާ އިއުލާން ކުރެވެމުން ދާތީ ވޯޓުގެ އަދަދުތަކަށް ކުދި ތަފާތުތައް އަންނާނެ އެވެ.
އޮބާމާ ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު އޭނާގެ ސަޕޯޓަރުން އަންނަނީ މަގުތަކުގައި އުފާފާޅުކުރަމުންނެވެ.