އެމެރިކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ހަބަރުތައް ދުނިޔެ އަށް ގެނެސް ދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ އެ ގައުމުގެ ނިއުސް އެޖެންސީ ސީއެންއެން އިން ވަނީ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު އަންދާޒާއެއް ކުރުމަށް ސީއެންއެން އިން ބަލާފައިވާ ކަންތައްތަކަކީ ބޮޑެތި ސިޓީތަކުގައި ވޯޓްލުން ކުރިއަށްދާ ގޮތް ބަލައި ރިޕޯޓްކުރުމަށް ފޮނުވި ރިޕޯޓަރުންނަށް ފާހަގަ ކުރެވިފައިވާ މުހިއްމު ކަންތައްތަކަށެވެ.
އިންތިހާބު ފެށުމުގެ ކުރިން ވޯޓްލާން ފެށުމުގެ ކުރިން ބެލެވިފައި އޮތް ގޮތުގައި އެކޯސްޓާއަކީ އެމެރިކާގެ މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކްޕާޓީގެ ކެންޑިޑޭޓް ބަރަކް އޮބާމާ އަށް އުނދަގޫ ސްޓޭޓަކަށް ވާނެ ކަމަށެވެ. އެގޮތުން އެއީ އޮބާމާ އަށް އިންތިހާބު ކާމިޔާބު ވާނެ، ނުވަތަ އެސްޓޭޓެއްގެ ނިންމުމުގެ ސަބަބުން އިންތިހާބު ނާކާމިޔާބު ވާނެ ސްޓޭޓްގެ ގޮތުގަ އެވެ.

ނަމަވެސް މިހާރު އެސްޓޭޓަކީ ރޮމްނީ އަށް ކާމިޔާބުވުން ނުވަތަ ނުވުމާ ގުޅިފައިވާ ސްޓޭޓެއް ކަމަށް ސީއެންއެން އިން ބުންޏެވެ. އެމީހުން ފާހަގަކޮށްފައިވާ ކަމަކީ އެ ސްޓޭޓްގައި ވޯޓްލުމާ މެދު ގޮތެއް ނުނިންމާ ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް ރޮމްނީގެ ކެމްޕޭން ޓީމުން ކުރި މަސައްކަތަށް ބޮޑު ތަރުހީބެއް ލިބުމެވެ.
އޮހިއޯ އަކީ ރޮމްނީ އަށް ކާމިޔާބުވާނެ ސްޓޭޓެއް ކަމަށް އޭނާގެ ކެމްޕޭންޓީމުން ކުރިން ދައުވާކުރި ނަމަވެސް ރޮމްނީގެ ކެމްޕޭން ޓީމާ ގާތް ގުޅުން އޮތް ފަރާތްތަކަކުން މިހާރު ބުނަނީ އެސްޓޭޓް ކާމިޔާބުވުމާ ކައިރިއަށް ދާނެ ކަމަށެވެ.
އެމެރިކާގެ އިންތިހާބުގައި ވޯޓްލާމީހުންގެ އާބާދީގެ ނަސްލަށް ބަލައި ލުމަކީ ވެސް އެއިންތިހާބާ މެދު އަންދާޒާއެއް ކުރެވޭނެ ކަމެއް ކަމަށް ސީއެންއެން އިން ދެކެ އެވެ. އެގޮތުން އެގައުމުގައި 2008 ވަނަ އަހަރު އިންތިހާބު ބޭއްވި އިރު އެގައުމުގެ ވޯޓްލާ އާބާދީގެ 74 ޕަސެންޓަކީ ދޮންމީހުންނެވެ. ނަމަވެސް ހިސްޕޭނިކް ނަސްލާއި އެފްރިކާ ނަސްލުގެ އާބާދީ އިތުރުވުމުގެ ސަބަބުން ދޮންމީހުންގެ އަޣުލަބިއްޔަތު މިހާރު ވަނީ ހަނިވެފަ އެވެ.

ކަން މިހެން އޮތް އިރު ރޮމްނީ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއާ ހިސްޕޭނިކް ނަސްލުގެ މީހުންނާ ދެމެދު ވަށް ބޮޑު ނުތަނަވަސްކަމެއް އޮވެ އެވެ. އެހެންވެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދޮންމީހުންގެ ވަރަށް ވަރުގަދަ ސަޕޯޓެއް ރޮމްނީއަށް ބޭނުންވެ އެވެ.

އެމެރިކާގެ އިންތިހާބުގެ ނަތީޖާތައް އެނގެން ފަށާނީ މާދަމާ އެވެ. މިހާރު ކޮށްލެވޭނީ މިފަދަ އަންދާޒާތަކެވެ.