06 Nov 2012, 14:29
ޖިނާއީ އަދުލު އިންސާފްގެ ނިޒާމް ރަނގަޅު ކުރުމަށް ޓަކައި ރައްޔިތުން މަޖިލީހަށް ހުށަހެޅިފައިވާ ބިލްތަކުގެ ތެރެއިން ކޮންމެހެން ފާސް ކުރަން ޖެހޭ ބިލްތައް ފާސްނުކޮށް ޗުއްޓީ ނުނެގުމަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ހުށަހެޅުއްވި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލީ މަޖިލީހުގެ 29 މެންބަރުންގެ ތާއީދާއެކުގަ އެވެ. އެ ގަރާރު ފާސްކުރަން ވޯޓު ދެއްވީ 23 މެންބަރުންނެވެ.
އެ ގަރާ ދެކޮޅަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީ މެންބަރުން ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅު ނުވެގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި ވަކި ބައެއްގެ ދަށުގައި ފަނޑިޔާރުން ތިބުމުން ކަމަށެވެ. އަދުލްއިންސާފު ނެތީ ހަަމައެކަނި ޝަރުއީ ނިޒާމަކު ނޫން ކަމަށާއި ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ވެސް އަދުލްއިންސާފް ނެތް ކަމަށް ވެސް އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.
މަހްލޫފް ހުށަހަޅުއްވި އެގާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ޑީއާރުޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެގަރާރަށް ތައީދު ނުކުރައްވާ ކަމަށާއި އެގަރާރަކީ އިހްލާސްތެރިކަމެއް ހުރެގެން މަހްލޫފު ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދު ޖަލްސާގައި ވެސް އެކި ފަހަރުގެ މަތީން ކޯރަމް ގެއްލިފައިވާ އިރު މަޖިލީސް އެކި ފަހަރު ވަނި ނިޒާމީ އޮއިވަރުގެ ޖެހި މަޖިލީސް މެދުކަނޅާލައިފަ އެވެ.