06 Nov 2012, 12:03
ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ބެލަންޑިއޯ އެވޯޑަށް ވޯޓްދޭ އިރު، ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވޯޓުދޭނީ އޭނާ އަށް ކަމުގައި ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ރޮނާލްޑޯ އަށް ކުރިން އަހަރުތަކުގައި ވޯޓު ނުލެވުނު ނަމަވެސް، ޕޯޗުގަލް ގައުމީ ޓީމްގެ ކެޕްޓަންގެ ހައިސިއްޔަތުން މިފަހަރު އޭނާ އަށް ވޯޓްލެވޭނެ އެެވެ. އެންމެ ފަހުން ޕޯޗުގަލް ކެޕްޓަންގެ ހައިސިއްޔަތުން ބެލަންޑިއޯ އެވޯޑަށް ވޯޓްދިނީ ނޫނޯ ގޮމޭސް އެވެ.
"އަހަރެން ވޯޓްދޭ ނަމަ، ވޯޓްދޭނީ އަހަރެންނަށް. އަހަރެންނަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އަހަރެންނަށް އެނގޭ. އެކަމާ މެދު އަހަރެން އުފާކުރަން. އަދި އެއްވެސް ކަމެއް ސިއްރުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން." ރޮނާލްޑޯ ބުންޏެވެ.
މެޑްރިޑްގައި ރޮނާލްޑޯ ހިތްހަމަނުޖެހިފައި ހުރީ ފައިސާގެ ކަންތައްތަކެއްގައި ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހުގައި ދެކެވުނު ވާހަކަތައް ރޮނާލްޑޯ ވަނީ ދޮގުކޮށްފަ އެވެ.
"އަހަރެން ފުޓްބޯޅަ ވަރަށް ކުރާކަމެއްގެ ގޮތުގައި. އަދި އަހަރެން ތަމްސީލުކުރަމުންދާ ޓީމެއް ދެކެ ލޯބިވަން. އަހަރެން ފައިސާ އަށް ފުޓްބޯޅަ ކުޅޭ ނަމަ ފެންނާނީ އެހެން ކްލަބަކުން. ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޗެލްސީ އިން ކުޅުންތެރިއެއް ހޯދަން މަސައްކަތްކުރާ ނަމަ، ގިނަ ކުޅުންތެރިން އެކަމަށް ވަރަށް ލޯބިކުރާން. ނަމަވެސް އަހަރެންގެ ހިޔާލަކު އެކަމެއް ނެތް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯއާ އެކު ފީފާ ބެލަންޑިއޯ އެވޯޑަށް އެންމެ ވާދަކުރާ ކުޅުންތެރިޔަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އަށް މެސީވާ އިރު، ރޮނާލްޑޯ ވަނީ މެޑްރިޑަށް މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމަށް ބުރަ މަސައްކަތެއް ކޮށްދީފަ އެވެ.