16 Sep 2010, 11:42
ހާލުގައި ޖެހިފައިވާ ޕާކިސްތާނު މީހުންނަށް އެހީވުމަށް ރާއްޖޭގައި ހުޅުވި ފަންޑަށް، ސަރުކާރުގެ 100 ޕަސެންޓް ވިޔަފާރި ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން 155247.82 ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.
ޕޯޓްސް ލިމިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ވަނީ އެ ފައިސާ ޕާކިސްތާނު އެމްބަސީއާ ހަވާލުކޮށްފައި ކަމަށެވެ.
މި ފައިސާ އަކީ ޕޯޓްސް ލިމިޓެޑުން ބުނި ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އަށްވާ ފައިސާ އާއި ބަނދަރުގެ ހިދުމަތް ހޯދާ ފަރާތްތަކުން ވެދިން އެހީ އެވެ.