05 Nov 2012, 17:49
"ގްލޯބަލް ލިންކްސް ކަޕް"ގެ ނަމުގައި ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތެއް އެ ރަށުގައި ފަށައިފި އެވެ.
މުބާރާތުގައި ޖުމްލަ ފަސް ޓީމް ވާދަކުރާ އިރު، އެ ޓީމްތަކަކީ ދޫޑިގަން ޓީމާއި ހޯދަނޑު އެފްސީ، އެފްސީ ދަނޑި މަގު، އެފްސީ މިސްކިތްމަގު އަދި އެފްސީ ފުނާޑެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ފިނާޑާ ދެކޮޅަށް ކުޅޭ 2-1 ލަނޑުން މެޗް ކާމިޔާބު ކުރީ އެފްސީ މިސްކިތްމަގުންނެވެ.
އަދި އިއްޔެ ކުޅުނު މިމުބާރާތުގެ ދެ ވަނަ މެޗް އެފްސީ ދަނޑިމަގާ ވާދަކޮށް 3-2 ލަނޑުން މެޗް ކާމިޔާބު ކުރީ ހޯދަޑު އެފްސީ އެވެ. އިއްޔެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ދަޑިމަގުގެ އިބްރާހިމް އަރީސެވެ.
މިމުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ އެފްސީ ފުނާޑާއި ދޫނޑިގަލޯނާ އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގެ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.