ސްޕެއިންގެ ކްލަބެއްކަމަށްވާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަކީ ވާދަވެރި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެކުވެރިއެއް ނޫންކަމަށް އޭނާ ބުނެފި އެވެ.

ފަހަކަށް އައިސް މެސީއާއި ރޮނާލްޑޯ ވެފައި ވަނީ އެންމެ ވާދަވެރި ދެކުލަބުގެ އެންމެ ވާދަވެރި ދެކުޅުންތެރިންނަށެވެ.

މެސީއާއި ރޮނާލްޑޯ މިހާރު އެންމެ ބޮޑަށް ވާދަކުރަނީ ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށެވެ.

މެސީއަކީ ރޮނާލްޑޯގެ އެކުވެރިއެއް ކަމުގައި ނުވި ނަމަވެސް، ދެކުޅުންތެރިންގެ މެދުގައި އެއްވެސް މައްސަލައެއް ނެތްކަމުގައި ރޮނާލްޑޯ ބުނެފައިވެ އެވެ.

"މެސީއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެން ދެމީހުންނަކީ އެކުވެރިންނެއް ނޫން. މެސީއާއި ދެމެދު އޮންނާނީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއަކާ ދެމެދު އޮންނަ ގުޅުން. އެގޮތުން އަހަރެން އޭނާ އަށް އިޚްތިރާމް ކުރަން." ރޮނާލްޑޯ ބުންޏެވެ.

މިއަހަރުގެ ފީފާ ބެލަންޑެއޯ އަށް މެސީއާއި ރޮނާލްޑޯ ނޮމިނޭޓް ވެފައިވާއިރު، އެއެވޯޑަކީ އެންމެ ކުޅުންތެރިއަކަށް ހައްގުވާ އެވޯޑެކެވެ. މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ބެލަންޑެއޯގެ ވާހަކައެވެ. އެއްބަޔަކު މިއެވޯޑަކީ ރޮނާލްޑޯގެ އެވޯޑެއްކަމަށް ބުނަމުންދާ އިރު، އަނެއްބަޔަކު ބުނަމުން ދަނީ މިފަހަރު ވެސް އެއެވޯޑަކީ މެސީގެ ހައްގެއްކަމަށެވެ.