ފެންބޮޑުވެ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ހުޅުވި ފަންޑަށް މެލޭޝިޔާގައި ކިޔަވާ ދިވެހި ކުދިން 2000 ރިންގިޓް ހަދިޔާކޮށްފި އެވެ.


ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި "ސައިބާ އީދު ކުޅިވަރު"ގެ ތެރެއިން އެ ކުދިން އެއް ކުރި ފައިސާ ވަނީ މެލޭޝިޔާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު މުހަންމަދު ޒަކީއާ ހަވާލުކޮށްފަ އެވެ.


އެ ފައިސާއާ ހަވާލުވެވަޑައިގަންނަވަމުން، ޒަކީ ވިދާޅުވީ މެލޭޝިޔާގައި ތިބި ކިޔަވާ ކުދިން އެފަދަ ހަރަކާތެއް ހިންގީތީ ޝުކުރު ކުރައްވާ ކަމަށެވެ.