04 Nov 2012, 09:18
އަންކަރާ (ނޮވެމްބަރ 4): ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިއްޔެ ވެސް 140 މީހަކު މަރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަޤިއްލު ޖަމާއަތަކުން ބުނެފި އެވެ.
"ސީރިޔަން ނެޓްވާކް ފޯ ހިޔުމަން ރައިޓްސް ބުނީ އިއްޔެ މަރާލެވުނު 140 މީހުންގެ ތެރޭގައި ވެސް ގިނައީ ޢާންމުންކަމަށާއި މީގެތެރެ އިން ގިނަ ބަޔަކު މަރުވީ ސޫރިޔާ ސަރުކާރު ސިފައިންގެ ޙަމަލާތަކުގައި ކަމުގަ އެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ވެސް ޢާންމުން މަރުވިކަމަށް އެފަރާތުން ހާމަކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ އެންމެ ބޮޑަށް ޙަމަލާތައް ބަދަލުކޮށް ހަނގުރާމަ ހިނގާފައި ވަނީ އިދްލިބްގައާއި ދިމިޝްޤު ގަ އެވެ. ދިމިޝްޤުގެ ބައެއް އަވަށްތަކައް އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތައް އެރިކަމަށް ސޫޔާ ސަރުކާރުން ވެސް ވަނީ އެއްބަސްވަފަ އެވެ.
އިދްލިބްގައާއި ދިމިޝްޤުގައި 85 މީހަކު މަރުވިކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން އިދލިބް ގައި ސޫރިޔާގައިވާ ސޫރިޔާ ސިފައިންގެ ޢަސްކަރީ ވައިގެ ބޭހެއް ހިފުމަށްޓަކައި ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު ރޭވެސް ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގި ކަމަށް ޚަބަރުލިބެ އެވެ. ނަމަވެސް މިބޭސް އަތުލުމުގައި އިދިކޮޅު ފަރާތްތަކަށް އަދި ކާމިޔާބު ލިބިފައެއްނުވެ އެވެ. އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ އެމީހުން ވަނީ އިދްލިބްގެ ތަފްތަނާޒް ޢަސްކަރީ ވައިގެ ބޭސް ޙިސާރުކޮށްފައި ކަމުގައެވެ. (އަލްޖަޒީރާ)