16 Sep 2010, 09:05
އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފި އެވެ. ބޯޑުގެ ޗެއަ ޕަސަނަކަށް ހަމަޖައްސަވާފައި ވަނީ، ހެންވޭރު މިލާފަރު ޑޮކްޓަރ މުޙަންމަދު އަޙްމަދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ ހދ. ކުޅުދުއްފުށީ ހިކިފިނިފެންމާގޭ ބަދުރުއްދީން ޙަސަނާއި ހަމަ އެ ރަށު ފްލާވަރމީޑް ރަޙްމާ އާދަމާއި ށ. މިލަންދޫ ހޭޒް ޙަސަން ޢާތިފާއި ށ. މިލަންދޫ މަލަތެރޭގޭ މުޙަންމަދު ޝިމާލާއި ހއ.ހޯރަފުށީ ހުސްނުހީނާގޭ އިބްރާހީމް އަޝްރަފާއި ކުޅުދުއްފުށީ އާކާޝް ޢަބްދުލްމުޙައިމިން އިބްރާހީމެވެ.