ސަރަހައްދުގެ އަށް ޤައުމުގެ މެދުގައި ބާއްވާ ނުވަ ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގައި ވާދަކުރަމަށް ރާއްޖޭގެ ފަސް ބޮޑީ ބިލްޑަރުން އިންޑިއާ އަށް ފުރައިފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮންނަ މުބާރާތުގައި ވާދަކުރުމަށް ރާއްޖެ އިން ދިޔަ ފަސް ބޮޑީ ބިލްޑަރުން ނަކީ، ޖެހިޖެހިގެން ދެ ފަހަރު ރާއްޖޭގެ މިސްޓާ މޯލްޑިވްސްގެ މަގާމް ދިފާއުކުރި މުހައްމަދު އާދިލާއި 2007 ވަނަ އަހަރު ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ރަޗޭ) އާއި 2006 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް އާއި 2008 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މަހުމޫދު ޒިޔާދު އަދި ގިޔާސް އިބްރާހީމް އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ އިން ފަސް ބޮޑީ ބިލްޑަރުން ތަފާތު ފަސް ކެޓަގަރީއެއްގައި ވާދަކުރާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑީ ބިލްޑަރުން ދިއްލީ އަށް ފުރި އިރު، މެނޭޖަރެއްގެ ގޮތުން ޓީމާ އެކު ދިއްލީއަށް ދިޔައީ ބީބީއެފްއެމްގެ އެކްސްކޯ މެމްބަރު އިސްމާއިލް ނަސީރެވެ. އަދި ޓީމުގެ ކޯޗަކީ އަބްދުލް ހަސީބެވެ.