ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްތަކަށް ލިބުނު ގެއްލުންތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ނެރުނު ނޫސްބާޔަނެއްގައި ބުނެފައި ވަނީ ވިއްސާރައިގައި ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން ވަރަށް ގިނަ ރަށްތަކަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށާއި އެ ސެންޓަރު މެދުވެރިކޮށް އާންމު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށެވެ.

"އެ ރަށަކަށް މިހާރުން މިހާރަށް ވަނީ ވަރަށް ގިނަ ގުނަ އެހީތެރިކަން ބޭނުންވެފަ އެވެ. ވީމާ މި ސެންޓަރުގެ އިލްތިމާސްއަކީ އެއްވެސް ފަރާތަކުން މިރަށް ރަށަށް އެހީތެރިވާން ބޭނުންވާ ނަމަ މި ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދެއްވުމުން ގެންދިއުމަށް،" ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ނެރުނު ބަޔާނުގައިވެ އެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތައް މޮނީޓާކޮށް ވަގުތުން ވަގުތަށް އެ ރަށްރަށަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ޓާސްކްފޯހެއް އުފައްދައިފަ އެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޓާސްކްފޯހުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.