އެސްޓީއޯ އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ނިޕޯން ކުލަ ފެސްޓިވަލްގެ "ގްރެފިޓީ ބެޓަލް 2012"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓިއޯ އިން ބުނީ މި މަހު 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ އެ މުބާރާތުގައި ބައިވެރިވެރި ކުރުމަށް ނިންމާފައި ވަނީ ކޮލިފައިން ރައުންޑުން ހޮވޭ 10 ޓީމަކަށް ކަމަށާއި ކޮލިފައިން ރައުންޑުގައި ބައިވެރިވެވޭނީ ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމުތަކަކަށެވެ.

އަދި ބުނީ އެ މުބާރާތުން އެއް ވަނަ އަށްދާ ޓީމަކަށް 15000ރ.ދޭ އިރު ދެ ވަނަ އަށްދާ ޓިމަކަށް 8000ރ. ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މުބާރާތަށް ކޮލިފައިވާ 10 ޓީމަކަށް 1000ރ. ދިނުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.