02 Nov 2012, 15:11
މުއާސަލާތީ ކުންފުނި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ޑަބްލިއު މޯޑަމްގެ އަގުހެޔޮކޮށްފި އެވެ.
ވަތަނިއްޔާ އިން ބުނީ ފަހުން މޯޑަމްގެ އަގަށް ގެނައި ބަދަލާ އެކު އެ ކުންފުނިން ކުރިން 799ރ. އަށް ވިއްކި މޯޑަމް މިހާރު 599ރ. އަށް ލިބޭނެ ކަމަށެވެ.
އަދި ބުނީ ޑަބްލިއު މޯޑަމްގެ އަގު ހެޔޮކުރި އިރު ވަތަނިއްޔާގެ ކަސްޓަމަރުނަށް ވަޔަލަސް މޯބައިލް އިންޓަނެޓް ހިދުމަތް ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ހެޔޮއަގުގައި ލިބޭނެ ކަމަށެވެ.
ވަތަނިއްޔާ އިން ވިއްކާ މޯޑަމްގެ އަގުހެޔޮކޮށްފައިވާ އިރު އެ ކުންފުނިން ވަނީ 3ޖީ ހިދުމަތާއި 7.2 އެމްބީޕީއެސްގެ އިންޓާނެޓްގެ ހިދުމަތް ރާއްޖެ އަށް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފަ އެވެ.