02 Nov 2012, 13:38
ދިރާގުގެ ޕޯސްޕެއިޑް ނަމްބަރުތަކުގައި ހިމެނޭ ހިލޭ ގުޅޭ މިނެޓްތައް މިއަދުން ފެށިގެން އިތުރުކޮށްދީފި އެވެ.
އެ ކުންފުނިން ބުނީ އިތުރު ޗާޖެއް ނެގުމަކާ ނުލައި މިއަދުން ފެށިގެން ހިލޭ ގުޅޭ މިނެޓްތައް އިތުރުކޮށްދޭނީ ދިރާގު ޕޯސްޕެއިންޑްގެ ޕްލެޓިނަލް ޕެކާޖާއި ޑައިމަންޑް ޕެކޭޖް އަދި ބްރޯންޒް ޕެކޭޖަށް ކަމަށެވެ. އެގޮތުން ޕްލެޓިނަމް ޕެކޭޖްގެ ހިލޭ މިނެޓް 2300 މިނެޓަށް އިތުރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ޕެކޭޖްގައި މިހާރު ހިމެނެނީ 1500 މިނެޓެވެ. އަދި ޑައިމަންޓް ޕެކޭޖް 1500 މިނެޓަށް އިތުރުކޮށްދޭ އިރު ގޯލްޑް ޕެކޭޖްގެ ހިލޭ މިނެޓް 1000 މިނެޓަށް އިތުރުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޑައިމަންޑް ޕެކޭޖްގައި މީގެ ކުރިން ހިމެނެނީ 1000 ހިލޭ ގުޅޭ މިނެޓެވެ. އަދި ގޯލްޑް ޕެކޭޖްގައި ހިމެނެނީ 660 މިނެޓެވެ.
ދިރާގުން ބުނީ އެ ކުންފުނިން އެގޮތަށް ހަމަޖެއްސީ ޕޯސްޕެއިޑް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާ އެކު ރައްޓެހިންނާއި އާއިލާ މީހުންނަށް އަދި ރަހުމަތްތެރިންނަށް ހިލޭ ގުޅާ ލުމުގެ ފުރުސަތު ފަހިކޮސްދިނުމުގެ ގޮތުން ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ޕޯސްޕެއިޑް ކަސްޓަމަރުންނަށާއި އޯވަރޯލްކޮށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިފަދަ އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން،" ދިރާގުން ބުންޏެވެ.
ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި 65،000 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.