16 Sep 2010, 08:25
ސަންއެފްއެމުން ރޯދަ މަހު ގެނެސްދިން "ގަރަމް މަސާލަ"ގެ އެއްވަނަ އަށް ދިޔަ ފަރާތަށް އިނާމް ދީފި އެވެ.
ރޯދަ މަހު ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9 ން 10 އަށް ގެނެސްދިން ގަރަމް މަސާލަ ޕްރޮގްރާމަކީ ކޮންމެ ގެއަކުން ވެސް ފަސް މީހުންގެ ޓީމެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެސްއެމްއެސް ކޮށްގެން ބައިވެރިވި ޓީމުތަކުގެ ތެރެއިން ގޭތެރޭގެ ޓާސްކުތައް ފުރިހަމަކުރަންޖެހޭ އެ ޕްރޮގްމުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ފައިނަލްގައި ވާދަކޮށްގެން އެއްވަނަ ލިބުނު ގ. ފައިނުގޭ ފައިންފޯސް ޓީމަށް ވަނީ 2،500 ރުފިޔާ ލިބިފަ އެވެ.
ސަންއެފްއެމް ކޮންފަރެންސް ހޯލްގައި އޮތް އެ ރަސްމިއްޔާތުގައި އެއްވަނަ އަށް ދިޔަ ފައިންފޯސް ޓީމާ އިނާމް ހަވާލުކޮށްދެއްވީ އެ ޕްރޮގްރާމްގެ ސްޕޮންސަރ ކަމަށްވާ ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހަސަނެވެ.
ސަންއެފްއެމް ޕްރޮގްރާމް ސެކްޝަނުން ބުނީ ގަރަމް މަސާލައަކީ ރޯދަ މަހު ސްޓޫޑިއޯ ބޭރުން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ޕްރޮގްރާމް ކަމަށެވެ. އެގޮތުން ގަރަމް މަސާލަގައި ބައިވެރިވި ގޭގެއިން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޕްރޮގްރާމް ސެކްޝަނުން ބުންޏެވެ.