ޖަރުމަން ލީގުގެ އެއްވަނާގައި އޮތް ބަޔާން މިއުނިކްއަކީ ހެމްބާގްގެ ނެދަލޭންޑްސް ތަރި ރަފައެލް ވެން ޑާ ވާޓްގެ ފޭވަރިޓް ވާދަވެރިން ކަމަށް އޭނާ ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބަޔާންއާ ދެކޮޅަށް ވެން ޑާ ވާޓްގެ ހެމްބާގް ނުކުންނައިރު، އޭނާ ހުރީ ބަޔާންއާ ދެކޮޅަށް ނުކުންނަން ކެތްމަދު ވެފަ އެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކަށްވެސް ކުޅެފައިވާ ވެން ޑާ ވާޓް ބުނީ، ބަޔާންއަށް ވުރެ ވާދަވެރި ފޭވަރިޓެއް ނެތްކަމުގަ އެވެ.

"ބަޔާންއަކީ އަހަރެންގެ ފޭވަރިޓް ވާދަވެރިން. އެކުލަބަކީ ބާސާއަށް ވުރެ ވެސް ފޭވަރިޓް ވާދަވެރި އެއް. ބަޔާންއާ ދެކޮޅަށް ނުކުތުމަށްވުރެ ކުރަން ބޭނުންވާ އެއްވެސް ކަމެއް މިވަގުތަކު ނެތް. ބަޔާންއާ ދެކޮޅަށް ނުކުންނަން މިހިރީ ކެތްމަދުވެފައި، ބާސާ، ބަލިކުރެވިއްޖެއްޔާ، ބަޔާންއަށް މިސީޒަނުގައި ހެމްބާގް އަށް ހުރިހާ ކަމެއް ހާސިލުކުރެވިދާނެކަން އިހްސާސްވާނެ." ވެން ޑާ ވާޓް ބުންޏެވެ.

އަނަން ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 22:30 ގައި ޖަރުމަން ލީގުގެ އެއްވަނާގައި އޮތް ބަޔާންއާ ދެކޮޅަށް ހެމްބާގް ނުކުންނައިރު، އެޓީމު އޮތީ ލީގުގެ ހަތްވަނާގަ އެވެ. ބަޔާން އާއި ހެމްބާގްއާ ދެމެދު އެގާރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.