13:18


މުޒާހަރާއާ ގުޅިގެން އެ ރަށު މީނާޒު އަހުމަދު މުހަންމަދު ދެންމެ ވިދާޅުވީ މުޒާހަރާގެ ބައިވެރިން މިހާރު ރަށު އޮފީހާ ދިމާލަށް މިސްރާބު ޖަހައިފި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ބިން ވަކިކުރާ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ދިޔަ އިރު 200 ވަރަކަށް މީހުން ބައިވެރިވި ކަމަށެވެ.


އަހުމަދު ވިދާޅުވި ގޮތުގައި މުޒާހަރާ ކުރަން ޖެހުނީ ސަރުކާރާއި އެ ރަށު ރައްޔިންނާ ދެމެދު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބައްދަލުވުމެއްގައި ދަތުރުފަރުގެ ނިޒާމާ ގުޅުވައިގެން ބިން ބޭނުންނުވާނެ ކަމަށް ބުނުމަށް ފަހު، ފަހުން އެ ނިންމުން ބަދަލުކޮށް ބިން ދޫކުރަން އުޅުމުންނެވެ.


ފުވައްމުލަކު އަތޮޅު އޮފީހުގެ އަތޮޅު ކައުންސިލަރު ހަސަން ސައީދު ވިދާޅުވީ އެމްވީކޭ އަށް ބިމެއް ދިނުމަށް ނިންމީ ބަނދަރު ސަރަހައްދުން ކަމަށާއި އެކަމާ އެއްވެސް ބަޔަކު އިއުތިރާޒުކޮށްފައި ނުވާ ކަމަށެވެ.


އަހުމަދު ވިދާޅުވީ، ބިމަށް ޖެހިފައިވާ އެ ރަށުގެ ދެ ސަރަހައްދަކުން 52400 އަކަފޫޓުގެ ބިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.


13:07


މުޒާހަރާއާ ގުޅިގެން ދެންމެ ދެ މީހަކު ހައްޔަރުކޮށްފި އެވެ. ނަމަވެސް ފުލުހުން ބުނީ ހައްޔަރުކުރީ އެކަކު ކަމަށެވެ.


13:00


ފުވައްމުލަކު ދަނޑިމަގު އަވަށުން އެމްވީކޭ އަށް 33284 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމައި އެ ބިން ވަކިކުރަން އުޅުމުން އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، މިއަދު ވެސް މުޒާހަރާ ކުރަމުން އެބަދެ އެވެ.