ބާލިޣުނުވާ އަމިއްލަ ދަރިފުޅާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ރައީސް އޮފީހުގެ ކުރީގެ ޑިރެކްޓަރަކު 39 އެތިފަހަރުން ތައުޒީރު ކުރުމަށް ފަހު ހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު ކުރިން އަދާކޮށްފައިވާ، ބ. ތުޅާދޫ ގުލްބަހާރުގޭ އަދުނާން ހުސެއިންގެ މައްޗަށެވެ.

މީގެ އިތުރުން ކައިވެނި ހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އޮކްޓޯބަރު 24، 2010 ގަ އެވެ.