01 Nov 2012, 10:14
ސްޕެނިސް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ބީ ޓީމްގެ ކުޅުންތެރިން ސީނިއާ ޓީމްގައި ބޭނުންނުކުރެވޭތީ އެކުލަބުގެ ކޯޗް ހޯސޭ މޮރީނިއޯ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްޕެއިންގެ ލީގު ޗެމްޕިއަންކަން އެންމެ ފަހުން ހޯދާފައިވާ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އެ ޓީމްގެ ލެފްޓް ބެކަށް ކުޅެމުންދާ ބްރެޒިލްގެ މާސެލޯއަށާއި ޕޯޗުގަލްގެ ފަބިއޯ ކޮއެންޓްރާއޯއަށް ލިބުނު އަނިޔާ އާއި ގުޅިގެން އެ މަގާމަށް ކުޅޭނެ ކުޅުންތެރިއަކު ނެތުމެވެ. އެތަން ފޫބެއްދުމަށް މެޑްރިޑުން މިހާރު ބޭނުންކުރަމުން ދަނީ ޗެލްސީ އިން ލޯނުގެދަށުން މިސީޒަނުގައި ގެނައި މިޑްފީލްޑަރު މައިކަލް އެސިއަން އެވެ.
"އަހަރެމެން ކުޅެމުންމިދަނީ ތަފާތު ސިސްޓަމަށް. ބީ ޓީމްގެ ކޯޗު ކަސްޓިލާގެ ކުޅުންތެރިން ކުޅެނީ މުޅިން ތަފާތު މަގާމްތަކަކަށް. ސީނިއާ ޓީމްގެ ކުޅުންތެރިން ކުޅެނީ ބޮޑަށް ފަޅިއަށް ޖެހިގެން އެޓޭކްކުރަން. ނަމަވެސް ކަސްޓީލާ ބޭނުންކުރަނީ 4-4-2 ފޯމޭޝަނެއް. އެހެންކަމުން އެކުޅުންތެރިން ބޭނުންކުރެވޭ ގޮތެއް ނުވޭ." މޮރީނިއޯ ބުންޏެވެ.
ކޮޕާ ޑެލް ރޭގައި އަލްކޮޔާނޯ އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި މެޑްރިޑްގެ ސްކޮޑަށް ބީ ޓީމްގެ ތިން ކުޅުންތެރިއަކު އިތުރުކޮށްފައިވެ އެވެ.