01 Nov 2012, 09:52
ޖަރުމަންގެ ކާމިޔާބީ ކްލަބެއްކަމަށްވާ ބަޔާން މިއުނިކުން ހަމަޖެހެންޖެހޭ ކަމަށް އެ ކުލަބުގެ ކޯޗް ހޫޕް ހެނީކޭސް ބުނެފި
އެވެ.
ހެނީކޭސް މިހެން ބުނީ ޖަރުމަން ލީގުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުން ބަލިވެ ފުރަތަމަ ލީގުގެ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލުމަށް ފަހު އެވެ.
މިދިޔަ އާދީއްތަ ދުވަހު ބަޔާން ލެވަކޫސަންއާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން ބަލިވެފައި ވަނީ 2-1 ލަނޑުންނެވެ. ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފައިވާ އިރު، ޖަރުމަން ލީގުގައި ބަޔާން ބަލިވި ހަމައެކަނި މެޗަކީ ލެވަކޫސަންއާއި ދެކޮޅަށް ކުޅުނު މެޗެވެ.
"އަހަރެމެން މިއޮތީ ވަރަށް ރަނގަޅު ހިސާބެއްގައި. އަދި ޓީމުން ދައްކަމުން ދަނީ ވަރަށް ރަނގަޅު ކުޅުމެއް. އެހެންކަމުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ލެވަކޫސަން އާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިމަތިލާން ޖެހުނު ފަދަ ކަންތައްތައް ހަމަޖައްސަން ޓީމުން މަސައްކަތްކުރަން ޖެހޭނެ. މިކަހަލަ ކިތަންމެ މެޗަކާއި އަދި ކުރިމަތިލާން ޖެހޭނެ." ކޯޗް ހެނީކޭސް ބުންޏެވެ.
ޖަރުމަން ލީގުގެ އެއްވަނާގައި އޮތް ބަޔާން އާއި ދެ ވަނާގައި އޮތް ޝާލްކޭއާ ދެމެދު އަދިވެސް ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ބަޔާން އަށް 24 ޕޮއިންޓް ލިބިފައިވާ އިރު، ޝާލްކޭއަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ.