31 Oct 2012, 14:58
ގައުމީ ވޮލީ ލީގުގައި ރޭ ކުލަބް ޕީކޭއާ ވާދަކޮށް ފަށޭހަ ކަމާއެކު ސީދާ ތިން ސެޓުން ސިފައިން މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭކުޅުނު މެޗުގެ ފުރަތަމަ ސެޓް ސިފައިން ކާމިޔާބު ކުރީ 25 ޕޮއިންޓް 16 ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް 22 ޕޮއިންޓުން ސިފައިން ކާމިޔާބު ކުރިއިރު، ފަހު ސެޓް ސިފައިން ކާމިޔާބު ކުރީ 25 ޕޮއިންޓު 20 ޕޮއިންޓުންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސިފައިންގެ ކުލަބުގެ އިންޑިއާ ކުޅުންތެރިޔާ ގުރިންދަރު ސިންގެވެ.
ލީގިގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް ކުލަބާއި އެސްޓީއޯ އެވެ. މެޗް ފަށާނީ މިރޭ 8:30 ގައެވެ.
ލީގުގެ ކުޅުން މިހާތަނަށް ގޮސްފައިވާ ގޮތަށް ބަލާއިރު، އެސްޓިއޯއަށް ވުރެ އިތުރަށް އެއްމެޗް ކުޅެ، ސިފައިން ވަނީ ޕޮއިންޓުގެ ގޮތުން އެސްޓިއޯއާ އެއްވަރު ކޮށްފައެވެ. އެއީ ޖުމްލަ 18 ޕޮއިންޓެވެ. ލީގުގައި ސިފައިންނާއި އެސްޓީއޯގެ ފަހަތުން ޕޮލިސް އޮތީ 10 ޕޮއިންޓުގަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޕީކޭ އޮތީ ހަތް ޕޮއިންޓާއެކުއެވެ.