31 Oct 2012, 12:49
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަކަށް ޕީޖީ އޮފީހުގެ ސީނިއާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވި ދީބާނާޒް ފަހުމީ ހަމަޖައްސަވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ދީބާނާޒް ފަހުމީ ހަމަޖެއްސެވީ މިއަދު ކަމަށެވެ.
ދީބާނާޒަކީ 2008 ވަނަ އަހަރު ޕީޖީ އޮފީސް އުފެދުނު ފަހުން މެދުނުކެނޑި އެ އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އޭނާ އަކީ ބަންޑާރަ ނާއިބް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެވެ.
މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވާކާލާތު ކުރައްވައި ގިނަ މައްސަލަތަކެއް އޭނާ ކާމިޔާބު ކުރައްވާފައިވެ އެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ދީބާނާޒު ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝަމީމް މިހާރު ވަނީ މަތީތައުލީމް ހާސިލްކުރެއްވުމަށް ރައްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.