30 Oct 2012, 12:14
ބަނގުރާ އަޅާފައި ހުރި ހަމަކާއި ވަގަށް ނަގާފައިވާ ބައެއް ތަކެއްޗާ އެކު ފުވައްމުލަކުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރާއި 22 އަހަރުގެ ދެ މީހުން ކަމަށެވެ.
ފުލުހުން ބުނީ އެ ރަށު ބަންޑާރަ ކިޅި ސަރަހައްދުން ހޯދާފައިވާ ތަކެތީގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ހަމެއްގެ އިތުރުން ދެ ރައިސް ކުކަރާއި ދެ ގޭސް ފުޅި ފެނިފައިވާ ކަމަށެވެ. އަދި ބަނގުރާ ކައްކަން ގެންގުޅޭ ބައެއް ސާމާނު ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެތަކެއްޗަކީ އެކި ގޭގެއިން އެކި ދުވަސްތައް މަތިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.