ޕްރިޔަންކާ ޗޯޕްޅާ އާއި ޝާހުރުކް ޚާނާ ދެމެދު ކޮންމެ ގުޅުމެއް އޮތަސް އެ ގުޅުމާ އެއްވެސް ބަޔަކު ނުބެހުމަށް ޕްރިޔަންކާ ގޮވައިލައިފިއެވެ. ޕްރިޔަންކާ މިހެން ގޮވައިލައިފައި މި ވަނީ، ޕްރިޔަންކާ އާއި ޝާހުގެ ގުޅުމާ މެދު އެކި ގޮތްގޮތަށް ނޫސްތަކުގައި ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެފައި ވަނިކޮށެވެ.

ކުރީން މި ދެ ތަރީން އެކުގައި ވަރަށް ގިނައިން ފެނުނު ނަމަވެސް، ނޫސްތަކުގެ ފަލަ ސުރުޚީތަކަށް މި ދެ ތަރީންގެ ވާހަކަ އަރާން ފެށުމުން، ދެ ތަރީން އެކުގައި އާންމު ތަންތަނުން ފެނުން ވަނީ މަދުވެފައެވެ.

"ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިއަސް އަހަންނާއި ޝާހާ ދެމެދު އޮންނަ އެކުވެރިކަމަކަށް ބަދަލެއް ނާންނާނެ. މި ގުޅުމަށް ބަޔަކު ކޮންމެ ނަމެއް ދިނަކަސް އެއީ އަހަރެމެންނާ ބެހޭ ކަމެއް ނޫން. އެކަމަކު އަހަންނަނށް ރަނގަޅީ އެއްވެސް މީހަކު އަހަރެމެންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކިއްޔާ." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އާއި ޝާހާ ދެމެދު ލޯބީގެ ގުޅުން އޮންނަ ކަމަށް އަޑު ފެތުރިފައިވާ މި ދަނޑިވަޅު، ޝާހުރުކް ޚާންގެ އާއިލާ ތެރޭގައި ވެސް ހަމަނުޖެހުން އުޅޭ ކަމަށް ޚަބަރު ލިބެއެވެ.