29 Oct 2012, 14:23
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ފެބްރުއަރީ މަހު އަށް ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޔަކު ހިންގި ހަމަނުޖެހުންތަކުގައި ރ. އަލިފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައިގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ 24 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހަފްތާގެ ތެރޭގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ރ. އަލިފުށީ ވެލާނާގޭ ހަސަން އަހުމަދު 30، އާއި ހަމަ އެ ރަށު ފަސާނާ ހަސަން ނާޝިދު، 30، އާއި ރޯޝަނީއާގޭ ނާއިލް އަބްދުﷲ 25، އާއި ރ. ރަސްގެތީމު ސަމަންތާ މުހައްމަދު ޟިޔާއު، 26، އާއި އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް 26 އާއި ހދ. ނޭކުރެންދޫ ގިޔަރެސްޓް ހަސަން ސިމާހު، 30، އާއި އަލިފުށީ ސްނޯ މޫސާ ނިޔާޒް 27، އާއި އާއި ހަމަ އެގޭ އަބްދުﷲ ނިޔާޒު، 24 އާއި އެ ރަށު މަލާޒް އަލީ ފަޔާޒް، 31، އާއި ނައިޓްހައުސް، ފަޒަލް އިބްރާހީމް، 19، އާއި ޅ. ނައިފަރު، ބެރެބެދިމާގޭ އަހުމަދު ޣިޔާސް 26، އާއި އަލިފުށީ ހުދުއަސުރުމާގެ، އަބްދުލްމާޖިދު މޫސާ 33 އާއި ވާރޭވިލާ އާދަމް ޝަރީފް 41، އާއި ސަމީވިލާ އަބްދުﷲ ހަމީދު 55، އާއި ވާރޭވިލާ އިބްރާހީމް ޝަރީފް 29، އާއި ޕެނަމާ ޔާމީން އިބްރާހީމް 26، އާއި މޫންލައިޓް އިސްހާގު އާދަމް 28، އާއި ހުސްނޫވިލާ، ފަރުހާދު މުހައްމަދު 33، އާއި ރެޑްފިޝް އަހުމަދު ރިޔާޒް 21، އާއި ހުސްނޫވިލާ އަބްދުލް ހަފީސް މުހައްމަދު، 27، އާއި ޅ. ޅައިމަގު ޝިފާނާވިލާ މުހައްމަދު ރަމްޒީ، 30، އާއި އަލިފުށީ ނިއުމާ، ޝުޖާއު އިބްރާހީމް 28، އާއި އެ ރަށު ސެނީ، އަހްމަދު މުހައްމަދު 22، ގެ އިތުރުން ސިނަރީ މުއާވިޔަތު އަބްދުލްލަތީފް 30، ގެ މައްޗަށް ކަމުގަ އެވެ.
އެ އެންމެންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:45 އެހާކަން ހާއިރު އަލިފުށީ ޕޮލިސް ސްޓޭޝަނަށް ވަދެ، އެތަނުގައި އެވަގުތު ތިބި ފުލުހުންނަށް ބިރުދައްކައި އެތަނުން ނުކުތުމަށް އަންގައި، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ އެ ރަށުގައި ދެމުން އައި ފުލުހުންގެ ޚިދުމަތް ހުއްޓުވާފައިވާ މައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އއ. ހިމަންދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލަގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.