29 Oct 2012, 13:20
އަލްހާ އީދާ ގުޅިގެން ބ. އަތޮޅު އޭދަފުށީގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސީސީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.
އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީސީ ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރުވާ ސްޕޯޓްސްއާ ވާދަކޮށް މެޗު 2- 0 އިން މޮޅުވެގެންނެވެ.
އިއްޔެގެ މެޗުގައި ސީސީ ސްޕޯޓްސްގެ ގޯލްތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.
އިއްޔެގެ މެޗުގެ ރެފްރީ އަކަށް ހުރީ ރާއްޖޭގެ ތަޖުރިބާކާރު ރެފްރީ އަލީ ސަލީމެވެ.
މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީސީ ސްޕޯޓްސް އިން ހޯދައިފައިވާ އިރު، ފައިނަލްގައި އެޓީމާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރު ވާނީ މިއަދު ހަވީރު ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ. މިއަދުގެ ހަވީރު ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޔުނައިޓެޑް ވީ އާއި ރިއަލް ސޫޕެވެ.
މުބާރާތުގެ ފައިނަލް މެޗު ކުލޭނީ މާދަމާ ހަވީރު 4:00 ޖަހާއިރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.