29 Oct 2012, 11:30
ޔޫރަޕްގެ އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި އިނގިރޭސި ކްލަބު ލިވަޕޫލް ހިމެނިދާނެ ކަމަށް ރަޝިޔާގެ އަންޒީ މަކަޝްކަލާގެ ކޯޗު ގޫސް ހިޑިންކް ބުނެފި އެވެ.
ލިވަޕޫލްގެ ކުރީގެ ކުޅުން އެ ޓީމަށް އަދިވެސް ދެއްކިދާނެ ކަމަށް ލިވަޕޫލްއާއެކު ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި އޮތް އަންޒީގެ ކޯޗު ހިޑިންކް ގަބޫލުކުރެ އެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި ކުޅުނު ހުރިހާ މެޗުން މޮޅުވެ އެއްވަނާގައި ލިވަޕޫލް އޮތް އިރު، ދެވަނާގައި އޮތް އަންޒީ ބަލިވެފައި ވަނީ ހަމައެކަނި ލިވަޕޫލް އަތުންނެވެ.
"މީގެ ތިންއަހަރު ކުރިން ލިވަޕޫލްގައި އޮތީ މުޅިން ތަފާތު ސްކޮޑެއްކަމަށް ގަބޫލުކުރަން. އަދި އޭރު އެކުލަބަކީ ޕްރެމިއާ ލީގުގައި ވަރުގަދަ ކްލަބެއް. ލިވަޕޫލްގެ މިސީޒަންގެ ފެށުން ރަނގަޅެއް ނޫން. ނަމަވެސް އެ ކުލަބަކީ ކުރީގެ ކުޅުމަށް އެނބުރި އާދެވިދާނެ ކްލަބެއް. އަދި ޔޫރަޕްގެ އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި އެޓީމް ހިމެނިދާނެ." ހިޑިންކް ބުންޏެވެ.
ހިޑިންކް ވަނީ ޗެލްސީ އަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއްގައި އެކުލަބަށް ވަގުތީގޮތުން ކޯޗުކަން ކޮށްދީފަ އެވެ. އެހެންކަމުން ލިވަޕޫލްގެ ބައެއް ކުޅުންތެރިންނަކީ ހިޑިންކްއަށް އާ ކުޅުންތެރިންނެއް ނޫނެވެ.