28 Oct 2012, 22:35
ދެ ފުލުހަކަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މަރުގެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭތީ ދައުވާ ކުރަން ފޮނުވީ ސ.ފޭދޫ، ގޯބިލިގޭ އަހުމަދު ފާރިޝް 22، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މި އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް މަޖީދީމަގުގައި ހުންނަ ހަގީގީ ބޮޑުސޭލް ކުރިމަތީގައި ތިބި ދެ ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާ ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުންޏެވެ.