15 Sep 2010, 04:32
09:30
ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާން ކުއްޖަކު ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ 9:50 ހާކަންހާއިރު ސްޓާ ސިނަމާ ކައިރީ ހިންގި މި މާރާމާރީގައި ޒަޚަމްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ.
މި މާރާމާރީއާ ބައިބަލާއާ ގުޅުމެއް ވާކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބައިބަލާ މުބާރާތް ބާއްވަމުން ދަނީ، ބައިބަލާ އަކީ މަރާމާރީ އާއި ވައިލެންސަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި ބައިބަލާ ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ރޭ މާރާމާރީގައި އެ ޒުވާނާގެ ބުރަކަށީގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މިމައްސަލަ މިހާރު ދަނީ ތަހުޤީޤް ކުރަމުންނެވެ.