28 Oct 2012, 11:26
"މޯލްޑިވްސް ޕޫލް ބިލިޔާޑް އެސޯސިއޭޝަން" ( އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން، ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "ނެޝަނަލް 9 ބޯލް ޗެމްޕިއަންޝިޕް 2012 "ގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި އެވެ.
ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގައި ކުރިއަށް ދިޔަ މިމުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 32 ކުލުންތެރިންގެ މައްޗަށް އެކުލެވޭ ޑަބަލް އެލިމިނޭޝަން އުޞޫލުންނެވެ.
މުބާރާތުގެ ރަނަރަޕްކަން އިބްރާހިމް ޝަރީފް ހޯދިއިރު، މުބާރާތުގެ ތިން ވަނަ ކުޅުންތެރިއަކަށް ހޮވުނީ އައްބާސް ސައީދެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހުން ވަނަ ވަނަ ހޯދި ކުޅުންތެރިންނަށް މެޑަލް އާއި ސެޓްފިކެޓް ދެއްވީ ޝަރަފްވެރި މެހެމާން މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހާފިޒެވެ.