ބޮލީވުޑުގެ ފިލްމީ ތަރި ފަރްދީން ޚާންގެ އަންހެނުން ނަތާޝާ މަދްވާނީ ބަލިވެ އިނީ އެއްމާބަނޑު ދެ ކުދީންނައިގެން ކަމަށް ފަރްދީން ޚާން ބުނެފި އެވެ. އުމުރުން 38 އަހަރުގެ ފަރްދީން ޚާން ބުނި ގޮތުގައި އޭނާގެ އަންހެނުން އެއްމާބަނޑު ދެ ކުދީންނައިގެން ބަލިވެ އިންތާ މިހާރު ވީ 13 ހަފްތާއެވެ.

ފަރްދީން ޚާންގެ އަންހެނުން ބަލަމުންދާ ޑޮކްޓަރު ވެސް ވަނީ ނަތާޝާގެ ހާލު ރަނގަޅު ކަމަށާއި ނަތާޝާގެ ބަނޑުގައި އޮތީ ދެ ކުދީންކަމަށް ބުނެފައެވެ.

ފަރްދީން ޚާން ޓްވިޓަރގައި ލިޔެފައި ވަނީ "އަހަރެން މިހިރީ ވަރަށް އުފަލުން. އަހަރެންގެ އަންހެނުން އިނީ އެއްމާބަނޑު ދެ ކުދީންނައިގެން ބަލިވެ. ބަލިވެ އިންތާ މިވީ 13 ހަފްތާ. އަދި އަންހެނުންގެ ހާލު ވެސް ރަނގަޅު." ކަމަށެވެ.

ފަރްދީންގެ އަންހެނުން ނަތާޝާ މަދްވާނީއަކީ ކުރީގެ މަޝްހޫރު އެކްޓްރެސް މުމްތާޒުގެ އަންހެން ދަރިފުޅެވެ. ފަރްދީން ޚާން ނަތާޝާއާ ކައިވެނިކޮށްފައި ވަނީ 2005 ގެ ޑިސެންބަރުގައެވެ.