ސާޅީސް ކޮޓަރީގެ ސެންޓްރަލް ހޮޓާ ޗަމްޕާ ބްރަދާސް މޯލްޑިވްސް އަށް ވިއްކާލައިފި އެވެ.

ހަތަރު ހާސް އަކަފޫޓުގެ ބިމުގައި ހަދާފައި ހުރި ހޮޓަލާއި ބިން ވިއްކާލާފައި ވަނީ އެ އިމާރާތާ ޖެހިގެން ދެކުނަށް އޮންނަ 1899 އަކަފޫޓުގެ ގޯއްޗާއި އެ ގޯތީގައި ކޮންކްރީޓްގެ މަސައްކަތް ނިންމާފައިވާ 10 ބުރީގެ އިމާރާތާ އެކު ކަމަށް އެނގިފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު މަދަނީ ކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައި ވަނީ، ސެންޓްރަލް ހޮޓާ ހުންނަ، 4122 އަކަފޫޓުގެ ގ. ސަނޯރާގޭގެ އަމިއްލަ ބިމާއި އެ ބިމުގައި ހުރި އެންމެހާ އިމާރާތްތައް ޗަންޕާ ބްރަދާސް މޯލްޑިވްސް އަށް ވިއްކައި ވިޔަފާރީގެ އަގު އަދާކޮށްފައި ވާތީ އެ ގޯއްޗާއި އެ އިމާރާތުގެ މިހާރުގެ ވެރިފަރާތަކީ ޗަންޕާ ބްރަދާސް މޯލްޑިވްސް ކަމަށެވެ.

އެ އިމާރާތާއި ގޯތި ވިއްކާލާފައި ވަނީ، ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން، 11.5 މިލިއަން ރުފިޔާ އަށެވެ.

ސެންޓްރަލް ހޮޓަލާ ޖެހިގެން ހުޅަނގަށް އޮންނަ ގ. ކޮއްދިއްޕަރުގެ ވިއްކާލާފައި ވަނީ 5.8 މިލިއަން ރުފިޔާ އަށެވެ.

ކޮއްދިއްޕަރުގެ ބިމާއި ގޯތީގެ މިލްކުވެރިކަމުގެ މައްސަލަ މަދަނީ ކޯޓްގައި ނިންމާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ.

"މި ވިޔަފާރީގެ ސަބަބުން އާދަމް ޝުކުރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. ކޮއްދިއްޕަރު އެވެ، ކިޔާ ... އަމިއްލަ ގޯތީގެ 1899 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކްވެރި ފަރާތަކީ ޗަންޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑައަޅައި، ހުކުމްކޮށްފީމެވެ." މަދަނީ ކޯޓުގެ ހުކުމުގައިވެ އެވެ.