މަސްތުވާތަކެތީގެ މައްސަލައެއްގައި ރ.ދުވާފަރުން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު ރ. ދުވާފަރުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް ނުދެއެވެ.

އަދި ބުނީ އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރު ހުޅަނގު ފަރާތު ބަނދަރުމަތިން ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެމައްސަލަ ތަހުގީގްކުރަމުންނެވެ.