26 Oct 2012, 09:51
މިނާ (އޮކްޓޯބަރ 26): މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް ޕާކިސްތާނުގެ އަންހެނަކު އެއްމާބަނޑު ދެ ކުދިން ވިހައިފި އެވެ.
ޙައްޖުގެ ކަންތައްތަކާ ބެހޭ ސަޢޫދީ މަސްއޫލުވެރިއަކާ ޙަވާލާދީ އަލްޢަރަބިއްޔާ ބުނާ ގޮތުން ޕާކިސްތާނުގެ މިއަންހެން މީހާ ވިހާފައި ވަނީ މިދިޔަ ބުދަ ދުވަހު ދުވަހު ޙައްޖުވެރިން ތަރްވިޔާގެ ދުވަހުގައި މިނާ އަށް ދިޔަ މަގުމަތީގަ އެވެ. ވިހެއުުމުގެ ވޭންވަރު އައުމާ އެކު މިނާގެ މަޝްޢަރުގައި މިއަންހެން މީހާ ވިހާފައިވީ ނަމަވެސް އޭނާއާ އޭނާ ވިހޭ ދެކުދިން ފަހުން ވަނީ އެ ހިސާބުގައިވާ ސަޢޫދީ ހޮސްޕިޓަލަކަށް ގެންދެވިފަ އެވެ.
މިއަންހެން މީހާ ވިހާފައި ވަނީ އެއްމާބަނޑު ދެއަންހެން ކުދިން ކަމަށްވެ އެވެ. މިދެކުދިން އުފަންވެފައި ވަނީ ސަފާއާއި މަރްވާ ދެމެދުގައި ކަމަށްވާތީ މިދެކުދިންގެ ތެރެއިން އެއްކުއްޖަކަށް ކިޔާފައި ވަނީ ސަފާ އެވެ. އަނެއްކުއްޖަކަށް މަރްވާ އެވެ. ސަފާއާއި މަރްވާގެ އިތުރުން މި ދެކުދިންގެ މަންމަގެ ވެސް ޙާލު ރަނގަނޅު ކަމަށް މިޢާއިލާ އެޑްމިޓް ކުރެވިފައިވާ މިނާގެ ހޮސްޕޓަލުން ހާމަކުރެ އެވެ. (އަލްޢަރަބިއްޔާ)