އެމެރިކާގެ "ޕޯލްއެވްރީވެއާ" އާ ގުޅިގެން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭ ގޮތަށް އެޕާޓީން ހަމަޖައްސައިފި އެވެ.


އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމަށް އެސްއެމްއެސް ކުރަން ޖެހޭނީ އިނގިރޭސިވިލާތުގެ ނަމްބަރަކަށް ކަމަށާއި ވޯޓުލާން ބޭނުންކުރާ ސާވާ "ޕޯލް އެވްރީވެއާ"ގެ ސާވާ ގާއިމުވެފައި ވަނީ އެމެރިކާގައި ކަމަށާއި އެ އިންތިޒާމް ހަމަޖައްސާފައި ވަނީ ޕޯލް އެވްރީވެއާ އާ ގުޅިގެން ކަމަށެވެ.


ސަރުކާރު ހިންގާ އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓާފައިވާ ތަނަށް ނުގޮސް ވޯޓުލާން ބޭނުންވާ ފަރާތްތައް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި ބުނީ އެސްއެމްއެސް އިން ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފަހު ވޯޓު ފޮށި ކައިރިއަށް ގޮސް ވޯޓު ނުލެވޭނެ ކަމަށެވެ.


އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަނީ މި މަހުގެ 24 ގަ އެވެ.