24 Oct 2012, 17:35
އެއްވެސް ސިޔާސީ ޕާޓީއެއްގައި އެ މީހަކަށް ނޭނގި މެމްބަރެއްގެ ގޮތުގައި ރަސްޓްރީ ކޮށްފައިވާ ނަމަ އެ ޕާޓީއަކުން އެމީހަކު ވަކި ވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މީހަކަށް ނޭނގި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމަ އެ ޕާޓީއަކުން އެ މީހަކު ވަކިވުމަށް އެ ޕާޓީއެއްގައި އެދެން ޖެހޭނެ ކަމަށާއި އަދި ޕާޓީއަކުން އެ މީހަކު ހަތް ދުވަސް ތެރޭގައި ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ.
އަދި ހަތް ދުވަސް ތެރޭގައި އެ ޕާޓީން އެ މީހަކު ވަކިކޮށް ނުދީފި ނަމަ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުން ހަމަޖެހިފައިވާ އުޞޫލާއެއް ގޮތަށް ޕާޓީތަކުގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ބުނީ ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީން ވަކިވާން ބޭނުންވާ މީހުން ވަކިކޮށްދޭގޮތަށް ނިންމީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ބެހުމުގެ ކަންތައް ވީހާ ވެސް ރަނގަޅަށް ގެންދިއުމަށް ބޭނުންވާތީ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީގައި ބައެއް މީހުންގެ ނަން، އެމީހަކަށް ނޭނގި ހިމެނިފައި ވާތީ، އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ލިބެމުންދާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.