24 Oct 2012, 16:57
ވިކްޓަރީ އަށް ކުޅުނު މުހައްމަދު އުމޭރާއި ރިލްވާން ވަހީދު (ކަކާ) އަދި ވިބީގެ ކެޕްޓަން އަސްއަދ އަލީ (އަޑުބަރޭ)ގެ އިތުރުން މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ނިއު އަށް ސޮއިކޮށްފި އެވެ.
މި ކުޅުންތެރިންނާއެކު އޭވައިއެލްގެ ތޮއްޑޫ މިޑްފީލްޑަރު މޫސާ ޔާމީން ވެސް ވަނީ ސޮއިކޮށްފަ އެވެ. އުމޭރަކީ މި އަހަރުގެ ސީޒަނުގައި 26 ގޯލު ޖަހައިގެން ރަންބޫޓު ހޯދި ކުޅުންތެރިޔާ އެވެ.
މި ކުޅުންތެރިންގެ އިތުރުން ނިއުއިން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރާ ކުޅުންތެރިއަކީ ވިކްޓަރީގެ އަލީ ފާސިރު (ސެންޓޭ) އާއި އީގަލްސްގެ މުހުތާރު ނަސީރު (ޓޫކިލޯ( އެވެ. ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ބުނީ މި ކުޅުންތެރިންނާއެކު ނިއުގެ ޓީމުގައި މަޑުކުރަން ގޯލް ކީޕަރު އިމްރާނު މުހައްމަދާ މުހިންމު ގިނަ ކުޅުންތެރިން ސޮއިކޮށްފައިވާ ކަމަށެވެ.
ނިއުއަށް ސޮއިނުކޮށްތިބީ ދެ ފޯވަޑުން ކަމަށްވާ އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި އަލީ އުމަރެވެ. މި ކުޅުންތެރިންނާއެކު އެއްބަސްނުވެި ތިބީ އަގާމެދު ވަކިގޮތެެއް ހަމަނުޖެހިގެން ކަމަށްވެ އެވެ.