14 Sep 2010, 10:37
15:37
މަތި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.
މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، ގދ.ގައްދޫ އޭޝިއާ އިލްހާމް ރަޝީދާއި، މާލޭ މުނިސިޕަލްޓީގެ ދަފްތަރު ހުސައިން ޢަބްދުﷲ އެވެ. މީގެ އިތުރުން، ޅ.އަތޮޅުގެ ކައުންސިލަރގެ މަގާމަށް ނައިފަރު ނިކަގަސްދޮށުގޭ ގާސިމް ޢަބްދުލްކަރީމް އަދި ގދ. ފިޔޯރީ ކައުންސިލަރގެ މަގާމަށް ފިޔޯރީ އީޒީރެސްޓް ޢާއިޝަތު ލީނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަން ކުރައްވައިފަ އެވެ.